އިނދެގެން އުޅުނުއިރު ގެ ހަދަން ޚަރަދުކުރި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ކުރީގެ އަންހެނުންނަށް އަނބުރާ ދޭން ހުކުމްކޮށްފި

ސަން

8 މާރިޗު 2026 | އާދިއްތަ | 7:51

ކައިވެނިކޮށްގެން އުޅުނުއިރު، ލިބުނު ގޯތި އިމާރާތްކުރަން އަނބިމީހާ ޚަރަދުކުރި ކަމަށް ބުނާ މިލިއަނަކަށް ވުރެ ގިނަ ރުފިޔާ، ކުރީގެ ފިރިމީހާ އަތުން ނަގައިދޭން ހުކުމްކޮށްފިއެވެ.

ރާއްޖޭގެ އުތުރުގެ ރަށެއްގެ ކޯޓަކުން ކުރި މި ހުކުމަކީ ދެމަފިރިން އެކުގައި އުޅުނުއިރު، ލިބުނު ގޯތި ހަދަން އަނބިމީހާ ޚަރަދުކުރި ފައިސާ އަދި ގޯތިން ބައެއް ހޯދުމަށް އަންހެން މީހާ، އޭނާގެ ކުރީގެ ފިރިމީހާއާ ދެކޮޅަށް ދައުވާ ކުރި މައްސަލައެކެވެ.

ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން އަންހެން މީހާ، އޭނާގެ ކުރީގެ ފިރިމީހާއާ ދެކޮޅަށް ކުރި މި ދައުވާގައި އަންހެން މީހާގެ ފަރާތުން އެދިފައިވަނީ އޭނާ ޚަރަދުކުރި 1،026،440 ރުފިޔާއާއި ގޯތިން ބައެއް ހޯދުމަށެވެ.

މައުޟޫޢުތަށް