ހަށިގަނޑު ފަޅައިއިނުލާ، ރަހިމުގައި އުފެދޭ މަސްކޮޅުތައް ނަގާ އޮޕަރޭޝަނެއް އުނގޫފާރު ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ކޮށްފި
ސަން
8 މާރިޗު 2026 | އާދިއްތަ | 8:32
ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިސްޓްރޯސްކޮޕިކް މަޔޯމެކްޓޮމީ އޮޕަރޭޝަން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މިއަދު ކޮށްފިއެވެ.
އެއީ، ހަށިގަނޑުގެ އެއްވެސް ތަނެއް ފަޅާނުލައި، ރަހިމުގެ އެތެރެ ފަށަލާގައި އުފެދޭ މަސްކޮޅުތައް ނަގަން ކުރާ ޒަމާނީ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ކުރަނީ، އަންހެނުންގެ ރަހިމުގެ ދޮރު މެދުވެރިކޮށް ޚާއްސަ ކެމެރާއެއް ލައްވައިގެނެވެ.
އުނގޫފާރު ހޮސްޕިޓަލުން ބުނީ، އެ އޮޕަރޭޝަން ކުރީ، އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑރ. ތަލްހާގެ އިސްނެންގެވުމުގެ ދަށުން ކަމަށެވެ.