މަޑަވެލީގެ ގޮނޑުދޮށް ހިމާޔަތްކޮށް، ބިން ހިއްކަން 174 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް
ސަން
8 މާރިޗު 2026 | އާދިއްތަ | 9:55
ގދ. މަޑަވެލީގެ ގޮނޑުދޮށް ހިމާޔަތްކޮށް، ބިން ހިއްކުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
އެމްޓީސީސީން ބުނި ގޮތުގައި، މި މަޝްރޫއުގެ ދަށުން، 19.17 ހެކްޓަރުގެ ބިންހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި، 1،645 މީޓަރުގެ ރިވެޓުމަންޓު ޖެހުމާއި 120 މީތަރުގެ ސަރަހައްދެއްފައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.