މާލެއަށް ބޭނުންވާ ބަދަލު ގެންނަން ވެރިކަން ވެސް ބޭނުންވޭ: ޞާލިޙް

ސަން

8 މާރިޗު 2026 | އާދިއްތަ | 11:05

މާލެއަށް ދިމާވެފައި އޮތީ ވަރަށް ބޮޑު، ވަރަށް ގިނަ ދުވަހުން އެއްވަމުން އެއްވަމުން ދިމާވެފައި ހުރި ބޮޑެތި މައްސަލަތަކެއް ކަމަށާއި އެ ކަންކަމަކީ ހަމައެކަނި ސިޓީ ކައުންސިލަށް ހައްލު ހޯދައިދެވޭނެ ކަންކަން ނޫން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިރޭ ވަނީ އާޓިފިޝަލް ބީޗުގައި، އެ ޕާޓީގެ މާލެ މެނިފެސްޓޯ އިފުތިތާހުކުރަން ޖަލްސާއެއް ބާއްވާފައެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ޞާލިޙް ވިދާޅުވީ، މާލެއަށް ދިމާވެފައި ހުރީ ހައްލުކުރަން އުނދަގޫ މައްސަލަތަކެއް ކަމަށާއި އެއީ އެއް ދުވަހަކުން ދެ ދުވަހަކުން ހައްލުކުރެވޭނެ ކަންކަން ނޫން ކަމަށެވެ. އެއީ، 1980ގެ މެދުތެރެއިން ފެށިގެން ދިމާވާން ފަށާފައިވާ ދަތިތަކެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މައުޟޫޢުތަށް