ތެލުލި ފަތް ފަދަ ކާބޯތަކެތި އުފައްދާ "ބިލެތްމާ ޓޭސްޓީ" މިންގަނޑަކަށް ނުފެތޭ، ނުވިއްކަން އެމްއެފްޑީއޭއިން އެދިއްޖެ

ސަން

9 މާރިޗު 2026 | ހޯމަ | 12:24

ތެލުލި ފަތާއި ކުޅި ކާޖާ ފަދަ ބާވަތްތަކުގެ ކާބޯތަކެތި ބަންދުކުރާ 'ބިލެތްމާ ޓޭސްޓީ'ގެ އެއްވެސް އުފެއްދުމެއް ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު އަންގައިފިއެވެ.

އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ވަނީ، އެ އޮތޯރިޓީއަށް ލިބިފައިވާ ޝަކުވާއަކާ ގުޅިގެން ތެލުލި ފަތާއި ކޮށި މަހާއި ކުޅި ކާޖާއާއި ރިހާކުރު ފަދަ ބަންދުކުރި ކާބޯތަކެތި އުފައްދާ 'ބިލެތްމާ ޓޭސްޓީ' ބާލައި ފާސްކޮށްފައިވާ ކަމަށެވެ.

މިގޮތުން، އެ ތަނަކީ އާންމު ސާފުތާހިރުކަން ދަށް، ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ތަނެއްކަން ފާހަގަކުރެވިފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް