ގެންނާނީ ފަހި ދިރިއުޅުމަކާއި ވިޔަފާރިއަށް ފަހި، ރައްޔިތުން ބާރުވެރި މާލޭ ސިޓީއެއް: އާޒިމް

ސަން

8 މާރިޗު 2026 | އާދިއްތަ | 11:41

އެމްޑީޕީން ގެންނާނީ ފަހި ދިރިއުޅުމަކާއި ވިޔަފާރިއަށް ފަހި މާލެ ސިޓީއެއް ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މާލޭގެ މެނިފެސްޓޯ ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ، މާލޭގައި ހުރިހާ މައްސަލައެއް އެބައޮތް ކަމަށެވެ. ނަމަވެސް، މިހާ ހިސާބަށް އައީ މި ސިޓީއަށް އަޅާލަން ޖެހޭ ވަރަށް އަޅާނުލެވި ކަމަށް އާޒިމް ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުގެ މިސްރާބު ހުރީ، ދެމެހެއްޓެނިވި ގޮތުގައި މާލެ ތަރައްގީކޮށް، ފަހި ސިޓީއަކަށް ހެދުމަށް ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ޓިކެޓުގައި މޭޔަރު ކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ އާޒިމް ވިދާޅުވީ، ވިޔަފާރިތަކަށް ތަނަވަސް، ފަހި މާހައުލަކަށް ސިޓީއަކަށް މާލެ ހަދާނެ ކަމަށެވެ.

މައުޟޫޢުތަށް