އަމާނާތްތެރި ޚިދުމަތް، މާލޭ ސިޓީގެ ވިންދު މެނިފެސްޓޯ އެމްޑީޕީން ލޯންޗުކޮށްފި

ސަން

8 މާރިޗު 2026 | އާދިއްތަ | 11:58

މާލޭގެ މުހިންމު މައްސަލަތައް ހައްލުތައް ގެނެސްދޭ ގޮތަށް ބައްޓަންކޮށް، އެމްޑީޕީން ކައުންސިލް އިންތިޚާބަށް ތައްޔާރުކުރި މާލޭގެ މެނިފެސްޓޯ މިރޭ އިފުތިތާހުކޮށްފިއެވެ.

އަމާނަތްތެރި ޚިދުމަތް، މާލެ ސިޓީގެ ވިންދުގެ ނަމުގައި އެ މެނިފެސްޓޯ ފަރުމާކޮށްފައިވަނީ މާލޭގެ މައްސަލަތަކަށް ދެމެހެއްޓެނިވި އަވަސް ހައްލުތައް ހޯދައިދޭ ގޮތަށް ކަމަށް އެ ޕާޓީން ބުނެއެވެ.

މި މެނިފެސްޓޯ ބިނާކޮށްފައިވަނީ ތިން ދާއިރާއަކަށެވެ. އެއީ، ރައްޔިތުންނަށް ބާރާއި ފަހި ދިރިއުޅުމާއި ވިޔަފާރިއަށް ފަހިއެވެ. އެ ތިން ދާއިރާ ވެސް ވަނީ، އެކި ކަންކަމަށް ބަހާފައެވެ.

މައުޟޫޢުތަށް