ދެ އިންތިޚާބު އެއް ދުވަހެއްގައި ނުބޭއްވުމަކީ ގާނޫނުއަސާސީ ފަރުމާކުރި މުސައްނިފުންގެ ވިސްނުމެއް ނޫން: ނާޒިމް

ސަން

9 މާރިޗު 2026 | ހޯމަ | 9:34

ގާނޫނުއަސާސީ ފަރުމާކުރި މުސައްނިފުން ރައްޔިތުންގެ މަޖިލީހާއި ރިޔާސީ އިންތިޚާބު އެއް ދުވަހެއްގައި ނުބާއްވަން ނުވިސްނަވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ރޭ ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ އެކު، މަޖިލީސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ވަނީ ނިންމާފައެވެ. ސަރުކާރު ހިންގާ ޕީއެންސީން އެ ކަމަށް ތާއީދުކުރާއިރު، އެމްޑީޕީން އަންނަނީ އެ ކަމަށް ދެކޮޅު ހަދަމުންނެވެ.

ޕީއެންސީގެ ޓިކެޓުގައި މާލޭ ސިޓީ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުންގެ މައްޗަންގޮޅި ދެކުނު ޖަގަހަ ހުޅުވަން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވަނީ ގާނޫނުއަސާސީ އުފެއްދިއިރު ވެސް ދެ އިންތިޚާބު އެކީ ބޭއްވުމުގެ ބަހުސްކުރި ކަމަށް ވިދާޅުވިއެވެ. އެ ޚާއްސަ މަޖިލީހުގައި ވެސް މަސައްކަތްކުރެއްވި ނާޒިމް ވަނީ އޭރު ކަން ހިނގި ގޮތް ވަރަށް ތަފުސީލުކޮށް ކިޔައިދެއްވާފައެވެ.

މައުޟޫޢުތަށް