ދެ އިންތިޚާބު އެއްކޮށްލުމާ މެދު ގާސިމް: ގައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައި ވެސް މިއީ މިހާރު ކުރަން ލަސްވެފައިވާ ކަމެއް!
ސަން
9 މާރިޗު 2026 | ހޯމަ | 9:38
ގައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައި, މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ މިހާރު ކުރަން ލަސްވެސް ވެއްޖެ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް މަޖިލީހުން ވަނީ އިސްލާހު ގެނެސްފައެވެ. އެ އިސްލާހު ރައީސް ތަސްދީގުކުރައްވާނީ، އެކަމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން އެ ގޮތަށް ނިންމައިފިނަމައެވެ.
އެގޮތުން އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއެކު އެ ވޯޓު ނަގާނެއެވެ.