ރޯދަމަހުގެ ފަހު 10އަކަށް، މިއަދުން ފެށިގެން ސަރުކާރު ބަންދުވެއްޖެ
ސަން
9 މާރިޗު 2026 | ހޯމަ | 9:49
މި ރޯދަމަހުގެ ފަހު 10 އަކަށް, މިއަދުން ފެށިގެން ސަރުކާރު ބަންދުވެއްޖެއެވެ.
ރާއްޖޭގައި އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން، ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ބަންދު ކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ރަމަޟާން މަހުގެ ފަހު 10އަކާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދިނުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސުމަށް ރައީސް އޮފީހުން ވަނީ މީގެ ކުރިން އަންގައިފައެވެ.