މިއަދު ވެސް ވައި ނުސާފު, ރަނގަޅު ވާނެ ކަމަށް ލަފާ ކުރެވެނީ ބުދައިން ފެށިގެން
ސަން
9 މާރިޗު 2026 | ހޯމަ | 10:32
މިއަދު ވެސް ވައި ނުސާފު ވާނެ ކަމަށާއި، ރަނގަޅު ވާނެ ކަމަށް ލަފާ ކުރެވެނީ އަންނަ ބުދަ ދުވަހުން ފެށިގެން ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނެފިއެވެ.
ދުންފުސް، ނުވަތަ ހޭޒްގެ ސަބަބުން ދުރު ފެންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އައިކިއުއެއާއިން ދައްކާ ގޮތުގައި މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ މިއަދު އުޅެނީ 147 އަށްވުރެ މަތީގައެވެ. އެއީ ނާޒުކު މީހުންނަށް ސިއްހަތަށް ގެއްލުންވާ މިންވަރަށެވެ.
ކުޅުދުއްފުށި ސިޓީގައި ވައިގެ ކޮލެޓީ 155 ގައި ހުރިއިރު މިއީ ނުރައްކަލުގެ ރަތް ސަމާލެކެވެ.