އެމްޑީޕީގެ ޠަބީޢަތަކީ ޖަދަލުކުރުން، ސަރުކާރުން ކިތަންމެ ރަނގަޅު ކަމެއް ހުށަހެޅިޔަސް ސުވާލު އުފައްދާނެ: ޢަބްދުއްސައްތާރު

ސަން

9 މާރިޗު 2026 | ހޯމަ | 12:47

އެމްޑީޕީގެ ޠަބީޢަތަކީ ޖަދަލުކުރުން ކަމަށާއި، ސަރުކާރުން ކިތަންމެ ރަނގަޅު ކަމެއް ހުށަހެޅިޔަސް ސުވާލު އުފައްދާނެ ކަމަށް ވިދާޅުވެ، ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު އެމްޑީޕީއަށް ފާޑުވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕީއެންސީގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޢަބްދުއްސައްތާރު ވިދާޅުވީ، ސަރުކާރުން ކިތަންމެ ރަނގަޅު ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިޔަސް ނުވަތަ ސިޔާސަތެއް ހާމަކުރިޔަސް، އެ ބިލެއް ނުވަތަ ސިޔާސަތުތަކާ މެދު ސުވާލު އުފެއްދުމަކީ އިދިކޮޅު އެމްޑީޕީގެ ޠަބީޢަތެއް ކަމަށެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރު ކަމަށްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން 2008ވަނަ އަހަރު ރާއްޖޭގެ ވެރިކަމާ ހަވާލުވީ އެއްވެސް ހަރުދަނާ ސިޔާސަތެއް ނެތި ކަމަށާއި، ތިން އަހަރަށްފަހު އެ ވެރިކަން ވެއްޓުނީ އެހެންވެ ކަމަށް ވިދާޅުވެ، ޢަބްދުއްސައްތާރު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

މައުޟޫޢުތަށް