މިދިޔަ މަހު މީރާގެ އާމްދަނީ ދަށްވެ، ޑޮލަރު އާމްދަނީން އެކަނިވެސް 30 ޕަސެންޓުގެ ދަށްވުމެއް
ސަން
9 މާރިޗު 2026 | ހޯމަ | 1:05
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް މިދިޔަ މަހު ލިބުނު އާމްދަނީ ދަށްވެއްޖެއެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު އެ އިދާރާއަށް ލިބުނީ، 2.8 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މީރާއިން ބުނި ގޮތުގައި އެއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 0.8 ޕަސެންޓް ދަށް އަދަދެކެވެ. އަދި މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 11.6 ޕަސެންޓް ދަށް އަދަދެކެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 1.4 ބިލިއަން ރުފިޔާ ކަމަށްވާއިރު، ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 599.2 ބިލިއަން ރުފިޔާއެވެ.