މިދިޔަ މަހު ރިޕޯޓުކުރި އެކްސިޑެންޓުތަކާއި ވައްކަމުގެ މައްސަލަތައް މަދުވެއްޖެ

ސަން

9 މާރިޗު 2026 | ހޯމަ | 3:26

މިދިޔަ ޖަނަވަރީ މަހާ އަޅައިބަލާއިރު، މިދިޔަ މަހު އެކްސިޑެންޓުތަކާއި ވައްކަމުގެ މައްސަލަތައް ރިޕޯޓުކުރި މިންވަރު މަދުވެއްޖެއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެކި ބާވަތުގެ 948 މައްސަލަ އެ އިދާރާއަށް މިދިޔަ މަހު ހުށަހަޅާފައިވެއެވެ.

މިދިޔަ ޖަނަވަރީ މަހާ އަޅައިބަލާއިރު، މިދިޔަ މަހު އެކްސިޑެންޓުތައް ހިނގާފައިވާ މިންވަރު ވަނީ ދަށްވެފައެވެ. އެގޮތުން، ނިމުނު ފެބްރުއަރީގައި ފުލުހުންނަށް ވަނީ، 250 އެކްސިޑެންޓު ހިނގައިގެން ރިޕޯޓުކޮށްފައެވެ. އެއީ، ޖަނަވަރީއަށް ވުރެ، 54 އެކްސިޑެންޓު ދަށް އަދަދެކެވެ.

މައުޟޫޢުތަށް