ދުނިޔޭގެ މަޝްހޫރު އިސްލާމީ މުފައްކިރު ރޯޔަލް ޕްރޮފެސަރު ސައްޔިދު މުޙައްމަދު ނަޤީބުލް ޢައްޠާސް އަވަހާރަވެއްޖެ

ސަން

9 މާރިޗު 2026 | ހޯމަ | 8:01

(ކުއާލަލަމްޕޫރު) އިސްލާމީ ފަލްސަފާއާއި ތާރީޚާއި އަދި ތަމައްދުނުގެ ދާއިރާއިން ދުނިޔެ ދުށް އެންމެ ވަރުގަދަ އެއް ޢިލްމުވެރިޔާ، ރޯޔަލް ޕްރޮފެސަރު ތަންސްރީ ޑރ. ސައްޔިދު މުޙައްމަދު ނަޤީބުލް ޢައްޠާސް އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 94 އަހަރުގައި އޭނާ އަވަހާރަވީ އާދީއްތަ ދުވަހުގެ އިރުއޮއްސި 6:47 ހާއިރު މެލޭޝިއާގައެވެ.

ޕްރޮފެސަރު ނަޤީބުލް ޢައްޠާސްއަކީ މި ޒަމާނުގެ އިސްލާމީ ވިސްނުމުގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ އެންމެ ބޮޑަށް ފާހަގަކުރެވެނީ "އިސްލާމައިޒޭޝަން އޮފް ނޮލެޖް" މި ފަލްސަފާ ދުނިޔެއަށް ތަޢާރަފްކޮށްދެއްވި މުފައްކިރުގެ ގޮތުގައެވެ. އެމަނިކުފާނު ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް އެންޑް ސިވިލައިޒޭޝަން (އިސްޓެކް) ބިނާކުރައްވައި، އެ މުއައްސަސާ މެދުވެރިކޮށް ދުނިޔޭގެ ފެންވަރުގެ އެތައް ޢިލްމުވެރިންނެއް އުފައްދަވާފައެވެ.

މައުޟޫޢުތަށް