ތެޔޮ އެތެރެކުރަން ރާއްޖެއިން ކުރާ ޚަރަދަށް ދުވާލަކަށް އެއް މިލިއަން ޑޮލަރު އިތުރުވާނެ ކަމަށް ބެލެވޭ: އަންޑޭ

ސަން

9 މާރިޗު 2026 | ހޯމަ | 10:33

ހަނގުރާމައިގެ ސަބަބުން، ރާއްޖެއިން ތެޔޮ އެތެރެކުރަން ކުރަންޖެހޭ ޚަރަދުން ދުވާލެއްގެ މައްޗަށް އެއް މިލިއަން ޑޮލަރު އިތުރުވާނެ ކަމަށް ބެލެވޭކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަޙްމަދު މުޙައްމަދު (އަންޑޭ) މިރޭ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވެފައިވަނީ މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައާއި ގުޅިގެން ތެލުގެ އަގު ވަރަށް ބޮޑަށް އުފުލެމުން އަންނަ ދަނޑިވަޅެއްގައެވެ. ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިއަދު 120 އެމެރިކާ ޑޮލަރަށް ވަނީ އުފުލިފައެވެ.

އެ ކަމާ ގުޅިގެން 'ސަން'އާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ރާއްޖޭގައި ކަރަންޓު އުފެއްދުމާއި ދަތުރުފަތުރާއި މުދާ އުފުލުމުގެ ނިޒާމު މުޅިންހެން ބަރޯސާވެފައިވަނީ ރާއްޖެއިން ބޭރުން އެތެރެކުރާ ތެލަށް ކަމަށްވުމުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ލޮޅުންތަކުގެ ނުރައްކާ ރާއްޖޭގެ އިގުތިސާދަށް އިންތިހާއަށް ބޮޑު ކަމަށެވެ.

މައުޟޫޢުތަށް