އެމްއައިބީން ފަހު 10 އާއި 6 ރޯދައިގައި ޚިދުމަތްދޭ ގަޑިތައް އިއުލާންކޮށްފި

ސަން

9 މާރިޗު 2026 | ހޯމަ | 10:23

ރޯދަ މަހު ފަހު ދިހައެއްގައި އަދި ޝައްވާލަ މަހު ހަ ރޯދައިގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ކަސްޓަމަރުންނަށް ޚިދުމަތްދޭ ގަޑިތައް އިއުލާންކޮށްފި އެވެ.

އެމްއައިބީން ބުނީ މިއަދުން ފެށިގެން ޢީދު ދުވަހުގެ ނިޔަލަށް އެ ބޭންކުގެ ބިޒްނަސް ބްރާންޗްގެ ކަސްޓަމަރުންނަށް ބިޒްނަސް ބޭންކިންގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 11:30 އިން ފެށިގެން މެންދުރު 14:00 އަށް ކަމަށެވެ. އެ މުއްދަތުގައި މާލޭގައި ހުންނަ ބިޒްނަސް ބްރާންޗުން ޓެލެގްރަފިކް ޓްރާންސްފާ ނުވަތަ ޓީޓީ ކުރުމުގެ ކަޓްއޯފް ޓައިމަކީ ހެނދުނު 11:00 އިން 12:00 އަށް ކަމަށް އެމްއައިބީގެ އިއުލާނުގައިވެއެވެ.

އެމްއެމްއޭގެ އިޢުލާނާ ގުޅިގެން ފަހު 10 ގައި ހުރިހާ ބޭންކުތަކެއް ހުޅުވާ ދެ ދުވަހަކީ 11 އަދި 18 މާރިޗެވެ.

މައުޟޫޢުތަށް