ފަހު 10 އަށް އެޅިއިރު މިރުހުގެ އަގު ދަށްވެއްޖެ

ސަން

9 މާރިޗު 2026 | ހޯމަ | 10:50

މި ރޯދަމަހުގެ ފަހު ދިހަޔަކަށް އެޅިއިރު ބާޒާރުގައި ކަނޑޫދޫ މިރުހުގެ އަގު ވެސް ދަށްވެއްޖެއެވެ.

އިއްޔެ ބާޒާރުގައި ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު އުޅުނީ، 380 ރުފިޔާއާއި 330 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ.

ނަމަވެސް، މިއަދު ބާޒާރުމަތީގައި ކަނޑޫދޫ މިރުހުގެ އަގު އުޅެނީ 230 ރުފިޔާއާއި 280 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. ރޯދަމަސް ފެށުނުއިރު ވަރަށް ބޮޑަށް އަގު އުފުލިފައި ހުރި ކަނޑޫދޫ މިރުހުގެ އަގު، މި މަސް ފެށުނުއިރު ވެސް ހުރީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެއަށް ފަހު އަގު އުފުލުމަށް ފަހު މިހާރު މިވަނީ އަނެއްކާ ވެސް ދަށްވެފައެވެ.

މައުޟޫޢުތަށް