ބަންޑާރަ މިސްކިތް ހިމާޔަތްކުރަން މަޖިލީހަށް އީ ޕެޓީޝަނެއް
ސަން
9 މާރިޗު 2026 | ހޯމަ | 11:10
ބަންޑާރަ މިސްކިތް ނުވަތަ މަސްޖިދުލް ސުލްތާން މުޙައްމަދު ޝަމްސުއްދީން ތާރީޚީ ތަނެއްގެ ގޮތުގައި ހިމާޔަތް ކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް އީ ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
މީގެ ތިން ވަރަކަށް ދުވަސް ކުރީން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހޫމް އަލީ ސައީދު ވަނީ، ބަންޑާރަ މިސްކިތަކީ އާސާރީ ތަރިކައިގެ ތެރޭ ހިމެނޭ ތަނެއް ނޫން ކަމަށާއި އެހެންކަމުން އެ ތަނުގައި އާ މިސްކިތެއް ބިނާކުރުމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.
އަދި، ބަންޑާރަ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އަޅަން ބޭނުންވާ އެހީތެރިކަން، ދީލަތި ފަރާތަކުން ހަމަޖައްސައިދީފައިވާ ކަމަށް މިނިސްޓަރު އޭރު ވަނީ ވިދާޅުވެފައެވެ.