މާ ބޮޑެތި މައްސަލަތައް ހުއްޓާ، 2 އިންތިޚާބު އެއްކޮށްލުން އިސްކުރީ ކީއްވެގެންތޯ ސުއޫދުގެ ސުވާލެއް

ސަން

10 މާރިޗު 2026 | އަންގާރަ | 12:32

ގައުމީ ބޮޑެތި މައްސަލަތައް ދިމާވެފައިވަނިކޮށް އެ ކަންކަން ހައްލުކުރުމުގެ ބަދަލުގައި އަވަސް އަރުވާލައިގެން މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްކޮށްލަން ސަރުކާރުން އުޅެނީ ކީއްވެގެންތޯ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ސުވާލު އުފައްވައިފިއެވެ.

ނޯ ޓު ރިފަރެންޑަމް ޖަހާފައިވާ އެކައުންޓަކުން ވަނީ ދެ އިންތިޚާބު އެއްކުރަން ސަރުކާރުން އުޅޭތީ އެ ކަމާ ސުއޫދު ކަންބޮޑުވުން ފާޅުކޮށްފައިވާ ވީޑިއޯއެއް އާންމުކޮށްފައެވެ.

އެ ވީޑިއޯގައި ސުއޫދު ވަނީ ގާނޫނުއަސާސީއަށް ބަދަލުގެނައުމަށް ރިފަރެންޑަމެއް ނަގާއިރު، ރިފަރެންޑަމް ނަގަނީ ހެޔޮ ނިޔަތުގައިތޯ ސުވާލު އުފައްދަވާފައެވެ. އަދި، ސަރުކާރުން ބޮޑު ބަދަލެއް ގެންނަން މަސައްކަތްކުރާއިރު އެ ބަދަލުގެ ދެކޮޅު ވިސްނާ ވަޒަންކޮށްފައިވޭތޯ ވެސް ސުއޫދު ވަނީ ސުވާލު އުފައްދަވާފައެވެ.

މައުޟޫޢުތަށް