ޑީޖޭއޭއިން ޝަރީއަތުގައި ދޮގުހަދާކަމަށް ބުނެ، ޝަކުވާ އުއްތަމަފަނޑިޔާރަށް!
ސަން
10 މާރިޗު 2026 | އަންގާރަ | 9:39
ޖުޑިޝަރީގެ އިދާރީ ބެލެނިވެރިޔާ، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ޝަރީއަތުގައި ދޮގުހަދާކަމަށް ބުނެ، އެ ޝަކުވާ އުއްތަމަ ފަނޑިޔާރު ރިޔާސަތު ބެލެހެއްޓެވި ސުޕްރީމް ކޯޓުގެ ޝަރީއަތެއްގެ މަޖިލީހުގައި ފާހަގަކޮށްފިއެވެ.
ޑީޖޭއޭއިން ޝަރީއަތުގައި ދޮގު ހަދާކަމަށް ބުނެ، އެ ޝަކުވާ ހުށަހެޅީ، ފޭސްބުކްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް މުހާތަބުކޮށް ބޭއަދަބީ ޕޯސްޓްތަކެއް ކުރި މައްސަލައެއްގައި ޝަރުއީ ދާއިރާގެ ވަޒީފާއިން ވަކިކުރި މުވައްޒަފަކު ހުށަހެޅި މައްސަލައެއްގެ އަޑު އެހުމުގެ ތެރެއިންނެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލާއި، ހައިކޯޓުންވެސް މިހާރު ނިމިފައިވާ މި މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގައެވެ.