ދިގުތާރީޚެއް އޮތް މިސްކިތްތައް އާސާރީ ތަންތަނުގެ ގޮތުގައި ކަނޑައަޅަންޖެހޭ: ކުރީގެ މިނިސްޓަރު ޒާހިރު

ސަން

10 މާރިޗު 2026 | އަންގާރަ | 9:41

މާލޭގެ ބަންޑާރަ މިސްކިތް ތަޅާލުމާ ގުޅޭގޮތުން އުފެދިފައިވާ ބަހުސްގައި، ދިގު ތާރީޚެއް އޮންނަ މިސްކިތްތައް އާސާރީ ތަންތަނުގެ ގޮތުގައި ކަނޑައަޅައި، އެތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޒާހިރު ވިދާޅުވީ، ޒަމާންވީ މިސްކިތްތަކުން ކާބަފައިންގެ ފަންނުވެރިކަމާއި ހުނަރު ވަރަށް ފުރިހަމައަށް ފެންނަން ހުންނާނެ ކަމަށެވެ. އަދި އެފަދަ ބިނާތަކުން ކާބަފައިންގެ ހިތްތަކުގައި މިސްކިތްތަކަށް ދެވިފައިވާ ޤަދަރާއި ލޯބި ވަރަށް ރަނގަޅަށް ސިފަވާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

://./218805

މައުޟޫޢުތަށް