ސަންގެ ހުރިހާ ޚަބަރެއް މިހާރު ޚުލާސާކޮށް ކިޔާލެވޭނެ

ސަން

10 މާރިޗު 2026 | އަންގާރަ | 10:23

ސަން ސިޔާމް މީޑިއާގެ ދަށުން ހިންގާ ރާއްޖޭގެ އެންމެ ދުވަސްވީ އެއް އޮންލައިން ނޫސް ކަމަށްވާ ސަން.އެމްވީ (.) އަދި އެ ނޫހުގެ އިނގިރޭސި އެޑިޝަން ސީ.އެމްވީ (.) ގައި ޝާއިއުކުރާ ކޮންމެ ޚަބަރެއްގައި މިއަދުން ފެށިގެން އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ޚުލާސާއެއް ހިމަނަން ފަށައިފިއެވެ.

މިއީ ދިގު ޚަބަރުތައް ކިޔަން ބޭނުންނުވާ ފަރާތްތަކަށާއި ވަގުތު ނެތް މީހުންނަށް ފަސޭހައިން މައުލޫމާތު ފޯރުކޮށްދިނުމަށް ގެނައި ހެޔޮ ބަދަލެކެވެ. މި ބަދަލާއެކު ކޮންމެ ޚަބަރެއް ދެގޮތަކަށް ޚުލާސާ ކޮށްދޭނެއެވެ. އެއީ ލިޔެފައިވާ ޚުލާސާ އަކާއި އަދި ޕޮއިންޓް ޚުލާސާ އެކެވެ. ޕޮއިންޓް ޚުލާސާގައި ހިމެނޭނީ ބުލެޓް ގޮތަށް އެ ޚަބަރެއްގެ މުހިއްމު ޕޮއިންޓްތަކެވެ.

މި ބަދަލާ ގުޅޭގޮތުން ސަން ސިޔާމް މީޑިއާގެ ސީއީއޯ މުޙައްމަދު އާސިފް (މޮންދު) ވިދާޅުވީ، މިއީ ސަންގެ ކިޔުންތެރިންނަށް މައުލޫމާތު ހޯދުމުގައި އިތުރު ލުއިފަސޭހަތަކެއް ގެނެސްދިނުމުގެ ގޮތުން ތަޢާރަފުކުރި ޚިދުމަތެއް ކަމަށެވެ. އެގޮތުން ވަގުތު ނެތިގެން އުޅޭ މީހުންނަށް މިހާރު ޚުލާސާގެ އެހީގައި ސަންގެ ޚަބަރުތަކުން މައުލޫމާތު ލިބޭނެ ކަމަށް މޮންދު ވިދާޅުވިއެވެ.

މައުޟޫޢުތަށް