ވެމްކޯއިން ގަވާއިދުން މުސާރަ ނުދޭ، ބައެއް މުވައްޒަފުންނަށް މުސާރަ ދެނީ ލަހުން!
ސަން
10 މާރިޗު 2026 | އަންގާރަ | 7:46
ކުނި އުކާލުމުގެ ޚިދުމަތްދޭ ސަރުކާރު ކުންފުނި ވެމްކޯގެ މުވައްޒަފުންނަށް މުސާރަ ލިބުން ލަސްވާ މައްސަލަ ފެންމަތިވެއްޖެއެވެ.
'އެކްސް'ގައި "ނިޝާނާ މޫސާ"ގެ ނަމުގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، މި ހިނގާ މާރިޗު މަހުގެ ދިހަވަނަ ދުވަސް އައިއިރުވެސް، ވެމްކޯގެ ގިނަ މުވައްޒަފުންނަށް މަހު މުސާރަ އަދި ނުލިބޭ ކަމަށެވެ.
ވެމްކޯގެ މުވައްޒަފަކު 'ސަން'އަށް މިއަދު ބުނީ، މުވައްޒަފުންނަށް މުސާރަ ނުލިބި ލަސްވާތާ ތިން މަސް ދުވަސްވެއްޖެ ކަމަށާއި އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ލިބެނީ ލަހުން ކަމަށެވެ.