އީރާނަށް ދޭ ހަމަލާތަކާއި އީރާނުން ގަލްފުގެ ގައުމުތަކަށް ދޭ ހަމަލާތައް ވެސް ރާއްޖޭން ކުށްވެރިކޮށްފި
ސަން
10 މާރިޗު 2026 | އަންގާރަ | 8:51
އީސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކާއި، އެ ގައުމުން ގަލްފްގެ އެހެން ގައުމުތަކަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ކުވެއިތު، ބަހްރައިން އަދި އެހެނިހެން ގައުމުތަކަށް އަމާޒުކޮށް އީރާނުން ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ގަލްފް ސަރަހައްދުގެ ވައިގެ ބަނދަރުތަކަށާއި، ތެޔޮ ރައްކާކުރާ މަރުކަޒުތައް ހިމެނޭހެން، އާންމުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް ދޭ ހަމަލާތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޖެނީވާ ކޮންވެންޝަނާ ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށެވެ. އެހެންކަމުން، ދިވެހިރާއްޖެއިން އެކަމާ މެދު ނުހަނު ކަންބޮޑުވުން ފާޅުކުރާކަމަށް ފޮރިން މިިނިސްޓްރީން ބުންޏެވެ.