2 އިންތިޚާބު އެކީ ބާއްވަން ޚާއްސަ މަޖިލީހުގައި އޮތީ ގޮތް ނިންމާފައި، އިދިކޮޅުން ފެންނަނީ މުނާފިގުކަން: ނާޒިމް
ސަން
10 މާރިޗު 2026 | އަންގާރަ | 10:06
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުއެކީގައި ބޭއްވުމަކީ މީގެ 16 އަހަރު ކުރިން ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި ކޮށް ނިންމާފައި އޮތް ބަހުސެއް ކަމަށާއި އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަފުޅުތަކުން ފެންނަނީ މުނާފިގުކަން އެކަނި ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ދެ އިންތިޚާބު އެއްކޮށްލުމާ މެދު އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ އެކު އެ ރިފަރެންޑަމް ވެސް ބާއްވާނެއެވެ.
އެ ކަމަށް ސަރުކާރު ހިންގާ ޕީއެންސީން ތާއީދުކުރާއިރު، އިދިކޮޅު އެމްޑީޕީ ހިމެނޭހެން ބައެއް ފަރާތްތަކުން އަންނަނީ އެ ކަމާ ގުޅިގެން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. ސަރުކާރުން މި ބަދަލު ގެންނަން އުޅެނީ ނުރަނގަޅު ނިޔަތެއްގައި ކަމަށް ބުނެ، އިދިކޮޅު ބައެއް ފަރާތްތަކާއި ގާނޫނީ ބޭފުޅުން ހިމެނޭހެން ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ވަނީ ބާއްވާފައެވެ.