ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން އެމްޑީއޭއިން ތާއީދުކޮށްފި

ސަން

10 މާރިޗު 2026 | އަންގާރަ | 10:22

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ތާއީދުކުރާކަން، އެ ޕާޓީން މިރޭ ހާމަކޮށްފިއެވެ.

ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެ ގޮތުން، އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ އެކު، ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ވެސް ވަނީ ނިންމާފައެވެ.

އެމްޑީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެ ޕާޓީން ފުރިހަމައަށް ތާއީދުކުރާ ކަމެއް ކަމަށެވެ.

މައުޟޫޢުތަށް