ވަންނާނެ ތަނެއް ނެތި، ހާލުގައި އުޅުނު މި މަންމައާއި 3 ކުދިންނަށް މަމްސް އެއިޑުން ޒަމާނީ ބޮޑު ގެއެއް
ސަން
10 މާރިޗު 2026 | އަންގާރަ | 10:57
ހާލުގައި ދިރިއުޅުނު އެކަނިވެރި މަންމައަކާއި ތިން ކުދީންނަށް މަމްސް އެއިޑްގެ ފަރާތުން އެހީ ހޯދައިގެން، އެންމެ ޒަމާނީ ބޮޑު ގެއެއް ހަދިޔާކޮށްފިއެވެ.
މަމްސް އެއިޑްގެ ފަރާތުން މި އަހަރު ޒަމާނީ ބޮޑު ގެއެއް ހަދިޔާކޮށްފައިވަނީ ލ. ގަމުގައި، ނިކަމެތި ގެއެއްގައި ވަރަށް ހާލުގައި ތިން ދަރީން ގޮވައިގެން އުޅުނު އެކަނިވެރި މަންމައެއް ކަމަށްވާ އާމިނަތު ނީނަންއަށެވެ.
މަމްސް އެއިޑުގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސް ޒައިން ޒަރީރު ވިދާޅުވީ، ހިޔާވެހި ޕްރޮޖެކްޓަށް އާއިލާއެއް ކަނޑައެޅުމުގައި ވަރަށް ގިނަ ކަންކަމަށް އެ ޖަމިއްޔާއިން ބަލާ ކަމަށެވެ. އެގޮތުން، އެ ފަރާތަކީ އެކަނިވެރި މައެއްތޯ ނުވަތަ 18 އަހަރުން ދަށުގެ ކުޑަކުދީން ގޮވައިގެން އުޅޭ މަންމައެއްތޯ އަދި ޖާގައިގެ ގޮތުން އުނދަގޫތައް ތަހައްމަލުކުރާ މީހެއްގެ އިތުރުން އެ ފަރާތަކީ ގެވެށި އަނިޔާ ތަހައްމަލުކޮށްފައިވާ ނުވަތަ ތަހައްމަލުކުރަމުންދާ ފަރާތެއްތޯ ބަލައި އޮޅުންފިލުވާ ކަމަށެވެ.