ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބު ވެސް ބާއްވަނީ އެކީ، މައްސަލައެއް ނުޖެހޭ: ޚަލީލް
ސަން
11 މާރިޗު 2026 | ބުދަ | 10:43
މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް އިދިކޮޅު ފަރާތްތަކުން ނޫނެކޭ ބުނާއިރު، ރާއްޖޭގައި ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުވެސް ބާއްވަނީ އެއްކޮށް އެއް ދުވަހެއްގައި ކަމަށާއި ނަމަވެސް މައްސަލައެއް ނުޖެހޭ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ރޭ ވިދާޅުވެއްޖެއެވެ.
ޚަލީލް މިފަދައިން ވިދާޅުވެފައި ވަނީ ވެރިކަންކުރާ ކޮންގްރެސް ޕާޓީއިން ހުޅުމާލެ މެދު ކެމްޕެއިން ޖަގަހަ އިފްތިތާހުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ޚަލީލް ވިދާޅުވީ، މިހާރު އެންމެ ވަރުގަދައަށް އިވޭ އެއްވާހަކައަކީ އިންތިޚާބުތައް އެއްކޮށްލާ ވާހަކަ ކަމަށެވެ. އަދި އެ ވާހަކަދައްކަވާ ބޭފުޅުންނަށް، ލޯކަލް ކައުންސިލް އުފެދުނީއްސުރެ ގާނޫނަކުން ކަނޑައަޅައި އެއްދުވަހެއްގައި ދެ އިންތިޚާބު ބާއްވާކަން ނޭނގެނީތޯ ޚަލީލް ވަނީ ސުވާލު އުފައްދަވާފައެވެ.