ނޯތު ހާބަރުން އުޅަނދުތަކަށް ޖާގަ ދިނުމުގައި އަމަލުކުރާ އުސޫލަށް ބަދަލުތަކެއް ގެނެސްފި
ސަން
11 މާރިޗު 2026 | ބުދަ | 12:22
މާލެ ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާދަ ދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މިއަދު އާންމުކޮށްފިއެވެ.
އެ ބަދަލުތަކަށް އަމަލުކުރަން ފަށާނީ، އަންނަ ހޮނިހިރު ދުވަހުގެ 08:00އިން ފެށިގެނެވެ.
މިގޮތުން، މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުފަހަރު، މާލެ ނޯތު ހާބަރުގެ ކީވޯލަށް ދައްކަންޖެހޭ ފައިސާ ދައްކާ ނިމުމަށްފަހު، ފުރާވަގުތުން ފެށިގެން ކޮންްމެ ކިޔު އެއްގައިވެސް ނޯޓު ކުރެވޭނެ ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.