ކައުންސިލާއި ޑަބްލިއުޑީސީ އިންތިޚާބުގައި 294،876 މީހުންނަށް ވޯޓު ލެވޭ

ސަން

11 މާރިޗު 2026 | ބުދަ | 1:07

އަންނަ މަހު ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފިއެވެ.

ދެ އިންތިޚާބުގެ އިތުރަށް ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ނަގާ ޚިޔާލު ހޯދުމުގެ ވޯޓު ވެސް އެ ދުވަހު އޮންނާނެއެވެ.

އީސީން އާންމުކުރި ލިސްޓުން އެނގޭ ގޮތުގައި، އެ އިންތިޚާބުތަކުގައި ވޯޓު ލުމުގެ ހައްގު ލިބިފައި ވަނީ، 294،876 މީހުންނަށެވެ. އެއީ، 150،370 ފިރިހެނުންނާއި 144،506 އަންހެނުންނެވެ.

މައުޟޫޢުތަށް