މިއަދު ވައި ސާފުވާނެ ކަމަށް ލަފާ ކުރިޔަސް އަދިވެސް ވައި ނުސާފު، މާލެއާއި އައްޑޫ އޮރެންޖު ސަމާލުގައި

ސަން

11 މާރިޗު 2026 | ބުދަ | 1:28

ރާއްޖެއަށް މިއަދުން ފެށިގެން ވައި ސާފުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މީގެ ކުރިން ލަފާކޮށްފައިވީ ނަމަވެސް، އަދިވެސް ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސަރަހައްދުތަކަށް ނުރައްކާ މިންވަރަށް ވައި ނުސާފު ކަމަށް ދައްކައިފިއެވެ.

ވައި ސާފު މިންވަރު ބުނެދޭ, އައިކިޔުއެއާ އެޕުން ދައްކާ ގޮތުގައި، މިއަދު މާލެ ސަރަހައްދުގައި ވައި ނުސާފު މިންވަރު 101 ޔޫއެސް އައިކިޔުއައިގައި ހުރިއިރު، އައްޑޫ ސިޓީގައި އެ އަދަދު ވަނީ 112އަށް އަރައިފައެވެ. ދެ ސަރަހައްދަށް ވެސް އެއީ އޮރެންޖް އެލާޓެވެ. އޭގެ މާނައަކީ ސިއްހީ ގޮތުން ނާޒުކު މީހުންނަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފެވެ.

އެ ވެބްސައިޓުން ދައްކާ ގޮތުގައި، ފައިން ޕާޓިކިއުލޭޓް މެޓާ ނުވަތަ ޕީއެމް2.5 ރާއްޖޭގައި ހުރީ، ކޮންމެ ކިއުބިކް މީޓަރަކަށް 36 މައިކްރޯގްރާމްގައެވެ. އެއީ، އެ އަދަދު ހުންނަން ޖެހޭ ރައްކާތެރި މިންވަރަށް ވުރެ 7.2 ގުނަ އިތުރު އަދަދެކެވެ.

މައުޟޫޢުތަށް