ބަންޑާރަ މިސްކިތަކީ ގައުމީ ތަރިކައެއް ކަމަށް ބެލޭނެ، ތަޅާލައިފި ނަމަ އިއާދައެއް ނުކުރެވޭނެ: ޕްލޭނާސް އެސޯސިއޭޝަން

ސަން

11 މާރިޗު 2026 | ބުދަ | 2:12

މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން، ނުވަތަ އާންމު ނަމުން ނަމަ ބަންޑާރަ މިސްކިތަކީ ގައުމީ ތަރިކައެއް ކަމަށް ބެލޭނެ ކަމަށާއި، އެ މިސްކިތް ތަޅާލައިފި ނަމަ އިއާދައެއް ނުކުރެވޭނެ ކަމަށް، ޕްލޭނަރުންގެ ޖަމިއްޔާއިން މިއަދު ބުނެފިއެވެ.

ބަންޑާރަ މިސްކިތުގެ އިތުރުން، ޒިކުރާ މިސްކިތް ހުރި ބިމުގައި ޒަމާނީ ފެންވަރުގެ މިސްކިތެއް ބިނާކުރައްވާނެކަމަށް، މިދިޔަ ބުރާސްފަތި ދުވަހު އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ހާމަކުރައްވައިފައެވެ.

މީޑިއާތަކަށް އެ ދުވަހު ފޮނުއްވި މެސެޖެއްގައި ޝަހީމް ވަނީ، ބަންޑާރަ މިސްކިތް ހުރި ބިމުގައި ޒަމާނީ، ބޮޑު މިސްކިތެއް ބިނާކުރުމަށް ބޭނުންވާ އެހީ ދީލަތި ފަރާތަކުން ދީފައިވާކަން ހާމަކުރައްވައިފައެވެ. އޭނާ ވިދާޅުވީ އެ މަސައްކަތް ފަށާނީ ރަމަޟާން މަސް ނިމުމުން ކަމަށެވެ.

މައުޟޫޢުތަށް