އީރާނުން ޔޫއޭއީގެ ކޮންސިއުލޭޓް ޖެނެރަލަށް އަމާޒުކޮށް ދިން ހަމަލާ، ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ސަން
11 މާރިޗު 2026 | ބުދަ | 2:22
އިރާގުގެ ކުރުދިސްތާން ސަރަޙައްދުގައި ހުންނަ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ކޮންސިއުލޭޓް ޖެނެރަލަށް އަމާޒުކޮށް ދިން ހަމަލާ، ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން، އީރާނުން ރައްދުގައި ދެމުންދާ ހަމަލާތަކުގައި މެދުއިރުމަތީގެ ގައުމުތަކަށް އެތައް ސަތޭކަ ޑްރޯންތަކާއި މިސައިލް ހަމަލާތައް ދީފައިވެއެވެ.
އޭގެ ތެރެއިން، ޔޫއޭއީގެ ކޮންސިއުލޭޓް ޖެނެރަލަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ މިދިޔަ ހޯމަ ދުވަހެވެ. މިއީ އީރާނުން ޔޫއޭއީއަށް އަމާޒުކޮށް ދިން އެންމެ ފަހުގެ ހަމަލާ ކަމަށް ބޭރުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.