ބޮޑެތި ގައުމުތަކުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅު އަޅާއިރު، ރާއްޖޭން ވެސް ވަގުތުން ފިޔަވަޅު އަޅަން ޖެހޭ: އެމްޑީޕީ

ސަން

11 މާރިޗު 2026 | ބުދަ | 3:25

އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ކުރިއަށް ހުރި ދުވަސްތަކުގައި ދިމާވެދާނެ ދަތިތަކަށް ތައްޔާރުވުމަށްޓަކައި އަވަށްޓެރި އަދި ބޮޑެތި ގައުމުތަކުން ފިޔަވަޅު އެބަ އަޅާ ކަމަށާއި، މި ދަނޑިވަޅުގައި ރާއްޖެއަށް މުހިންމީ ވަގުތުން ވަގުތަށް ފިޔަވަޅު އެޅުން ކަމަށް، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ޢަމްރު މުޙައްމަދު ރަޝާދު މިއަދު ވިދާޅުވެއްޖެއެވެ.

ފާހަގަކުރެވޭ ގޮތުގައި، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން، އާންމުކޮށް ތެޔޮ އުފައްދާ ގައުމުތަށް ކަމަށްވާ ޔޫއޭއީއާއި ސަޢޫދީ ޢަރަބިއްޔާއާއި ޢިރާޤުން ވަނީ، ދުވާލެއްގެ މައްޗަށް އުފައްދާ ތެލުގެ އަދަދު މަދުކޮށްފައެވެ. އަދި ތެޔޮ އުފުލަން ބޭނުންކުރާ ހޮރްމުޒް ކަނޑުއޮޅިން ކުރެވޭ ދަތުރުތައް އީރާނުން ކޮންޓްރޯލް ކޮށްފައިވުމުން ތެލާއި ގޭހުގެ ސަޕްލައި ޗެއިންއަށް ވަނީ ބުރޫ އަރައިފައެވެ.

އެ މައްސަލަތަކުގެ ސަބަބުން، ހަނގުރާމަ ފެށުނު ފަހުން ތެލުގެ އަގު އަންނަނީ އުފުލެމުންނެވެ. އަދި ތެޔޮ މަދުން ލިބޭނެ ހާލަތަކަށް ތައްޔާރުވުމަށް ޓަކައި ގިނަ އަދަދެއްގެ ގައުމުތަކުން އަންނަނީ ޚަރަދު ކުޑަކުރުމަށް ފިޔަވަޅު އަޅަމުންނެވެ. އޭގެ ތެރޭގައި އޭޝިއާގެ ގައުމުތައް ވެސް ހިމެނޭއިރު، އެ ގައުމުތަކުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ސްކޫލްތައް ބަންދުކުރުމާއި، ސަރުކާރުގެ މުވައްޒަފުންގެ މުސާރަައާއި ދަތުރުތަކަށް ބަދަލު ގެނައުން ހިމެނެއެވެ.

މައުޟޫޢުތަށް