ހަނގުރާމައާއެކު އެންމެ ބޮޑު ކަންބޮޑުވުމަކީ ޑޮލަރުގެ އަގު އުފުލި، ދިރިއުޅުމުގެ ޚަރަދު އިންތިހާއަށް ބޮޑުވުން: އަމްރު

ސަން

11 މާރިޗު 2026 | ބުދަ | 4:27

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް މިހާރު ކުރަމުން ދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާއެކު، އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖޭގައި ޑޮލަރުގެ އަގު އުފުލި، ދިރިއުޅުމުގެ ޚަރަދު އިންތިހާއަށް ބޮޑުވުން ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ޢަމްރު މުޙައްމަދު ރަޝާދު މިއަދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލު އިންތިޚާބާ ގުޅޭ ގޮތުން އިދިކޮޅު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަމްރު ވިދާޅުވީ، އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ތެޔޮ އުފުލަން ބޭނުންކުރާ ހޮރްމުޒް ކަނޑުއޮޅިން ކުރެވޭ ދަތުރުތައް އީރާނުން ކޮންޓްރޯލް ކޮށްފައިވުމުން ތެލާއި ގޭހުގެ ސަޕްލައި ޗެއިންއަށް ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން ރާއްޖެ ފަދަ އިގުތިޞާދީ ގޮތުން ކުޑަ ގައުމަކަށް ބޮޑެތި އަސަރުތަކެއް ކުރާނެކަން ޢަމްރު ފާހަގަކުރެއްވިއެވެ.

މައުޟޫޢުތަށް