2 އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން އެމްޑީއޭއިން ތާއީދުކުރީ ސިޔާސީ ވިސްނުން ދޫކޮށް، ގައުމީ މަސްލަހަތަށްޓަކައި: އައްބާސް
ސަން
11 މާރިޗު 2026 | ބުދަ | 11:05
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ތާއީދުކުރަން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ނިންމީ ސިޔާސީ ވިސްނުމެއްގައި ނޫން ކަމަށާއި އެއީ ގައުމީ މަސްލަހަތަށްޓަކައި ނިންމި ނިންމުމެއް ކަމަށް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީއޭއިން ވަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ތާއީދުކުރަން ނިންމާފައެވެ. އެކަން ހާމަކުރީ ރޭ އެ ޕާޓީން ނެރުނު ބަޔާނެއްގައެވެ.
އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމްގައި މިއަދު ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ، އެއީ އެ ޕާޓީން ސިޔާސީ ގޮތުން ނިންމި ނިންމުމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެ ނިންމުން ނިންމަން ޖެހުނީ އިގުތިސާދީ ހާލަތަށް ބަލައި، ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.