އެލައިޑުން އައިފޯނެއް ދޭ ގިވްއަވޭގެ ނަމުގައި ސްކޭމް ކުރާތީ ސަމާލުވާން އެދެފި
ސަން
11 މާރިޗު 2026 | ބުދަ | 11:39
އެލައިޑް އިންޝުއަރަންސްގެ ފަރާތުން ކުރިއަށްގެންދާ ގިވްއަވޭއެއްގެ ނަމުގައި ސްކޭމްކުރާތީ، އެ ކަމަށް ހުރިހާ ކަސްޓަމަރުން ވެސް ސަމާލުވާން އެ ކުންފުނިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެލައިޑުން ވަނީ އިންސްޓަގްރާމްގައި "އެލައިޑް އައިފޯން ޑްރޮޕް ގިވްއަވޭ"ގެ ނަމުގައި ގިވްއަވޭއެއް ފަށާފައެވެ.
މި ކަމާ ގުޅިގެން އެލައިޑުން މިއަދު ބުނީ، އެއްވެސް ގޫގުލް ފޯމެއް ނުވަތަ ބޭރުގެ އެހެން ލިންކެއް މެދުވެރިކޮށް މަޢުލޫމާތު ހޯދުމުގެ އެއްވެސް ހަރަކާތެއް އެ ކުންފުނިން ކުރިއަށް ނުގެންދާ ކަމަށެވެ. އަދި، އެލައިޑުން ކުރިއަށްގެންދާ ގިވްއަވޭ ހަރަކާތުގައި ބައިވެރިވުމަށް، ނުރަސްމީ ލިންކުތަކެއް މެދުވެރިކޮށް އަމިއްލަ މަޢުލޫމާތު ހިއްސާކުރުމަށް އެދި ފޮނުވާ އެއްވެސް މެސެޖަކީ އެލައިޑާ ގުޅުންހުރި މެސެޖުތަކެއް ނޫން ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.