ވަގަށް ނަގައި، ލޯ ނަރު ވިއްކަން އުޅުނު މައްސަލައެއްގައި ދެ މީހަކު ބަންދުކޮށްފި
ސަން
12 މާރިޗު 2026 | ބުރާސްފަތި | 10:15
ވަގަށް ނަގައިފައިވާ ލޯ ނަރު ވިއްކަން އުޅުނު މައްސަލައެއްގައި، ދެ މީހަކު ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ބަންދު އަމުރު ޖަހައިފައި ވަނީ 37 އަހަރުގެ ފިރިހެނަކާއި 44 އަހަރުގެ ފިރިހެނަކަށެވެ. އެ ދެ މީހުންނަށް ވައްކަމުގެ ތުހުމަތުކޮށްފައިވާއިރު، ދެ މީހުންނަށް ވެސް ކުށުގެ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅައިފައިވާ ކަމަށް އަމުރުގައިވެއެވެ.
އެ ކޯޓަށް ހުށަހަޅައިފައިވާ ހެކީގެ ތެރޭގައި ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓާއި، ވަގަށް ނަގައިގެން ބުރިކޮށްފައިވާ ލޯ ނަރުތައް އެ މީހުންގެ އަތުން ފެނުން ހިމެނޭ ކަމަށް އަމުރުގައިވެއެވެ.