ހިޔާޓަވަރު ދޭއްގެ ލިފްޓްތައް މައްސަލަޖެހިފައިވާތާ "އެތައް ދުވަހެއްވެއްޖެ" ކަމަށް ބުނެ ޝަކުވާ

ސަން

12 މާރިޗު 2026 | ބުރާސްފަތި | 12:42

ހިޔާ ޓަވަރު ދޭއްގެ ލިފްޓުތައް މައްސަލަޖެހި އާންމުން އެކަމުގެ ޝަކުވާ ކުރަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ބައެއް އާންމުން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ފޭސްބުކްގައި މީހަކު ކުރި ޕޯސްޓެއްގައިވަނީ ހިޔާ ޓަވަރު ދޭއްގެ ލިފްޓްތަކަށް މައްސަލަ ޖެހޭތާ އެތައް ދުވަހެއްވެފައިވާ ކަމަށެވެ. ގްރައުންޑުގައި ހުރެގެން އެއްވެސް ލިފްޓެއް ނުހުޅުވޭ ކަމަށާއި ލިފްޓް ހުޅުވެނީ މަތިން މީހަކު ތިރިއަށް ފޭބުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ފޭސްބުކްގައި އަޒްމީން ނަމަކަށް ކިޔާ މީހަކު ކުރި ޕޯސްޓުގައި ވަނީ ހިޔާގެ ލިފްޓުތައް މައްސަލަޖެހިފައިވާ ވީޑިއޯއެއް ވެސް ހިއްސާކޮށްފައެވެ. އެ ވީޑިއޯއިން ފެންނަނީ ތިން ލިފްޓުން ވެސް ފްލޯ ނަންބަރު އަރައަރައި ހުންނަ މަންޒަރެވެ. އަދި މީހަކު ލިފްޓުގެ އިންތިޒާރުގައި ހުރުމަށްފަހު ލިފްޓް ނައުމުން ދާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.

މައުޟޫޢުތަށް