މަދު ދުވަސްކޮޅެއް ތެރޭ އައްޑޫން ސްވައިޕަށް ބޮޑު ތަރުހީބެއް
ސަން
12 މާރިޗު 2026 | ބުރާސްފަތި | 12:37
ގައުމީ ބޭންކު، ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓު "ސްވައިޕް" އައްޑޫ ސިޓީގެ ގާތްގަނޑަކަށް ހުރިހާ ވިޔަފާރިއަކުން ބަލައިގަންނަން ފަށައިފިއެވެ.
ސްވައިޕް އައްޑުއަށް ތައާރަފުކުރުމުގެ ގޮތުން ރޭ އައްޑޫ ހިތަދޫ ސްކޫލްގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހްސާނާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި ޝަރީފް ދެއްކެވި ވާހަކަފުޅުގައި ވަނީ، ސްވައިޕުން ކަސްޓަމަރުންނަށް ވަގުތުން ފައިސާ ފޮނުވޭނެ ކަމަށާއި ކޮންމެ ގައުމަކުން ވެސް ތަފާތު ގައުމުތަކުގެ ފައިސާ އެކައުންޓަށް ލިބިގަނެވޭނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ދުނިޔޭ ކޮންމެ ބޭންކަކުން ދޫކޮށްފައިވާ ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ބޭނުންކޮށްގެން ވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.