ކަރާ ކިލޯއެއްގެ އަގު 30 ރުފިޔާއާ ހަމައަށް ދަށްވެއްޖެ

ސަން

12 މާރިޗު 2026 | ބުރާސްފަތި | 1:27

ރަމަޟާން މަހު ދިވެހީންގެ މެދުގައި މަގުބޫލު ފަނިގިރުމުގެ ބާވަތެއް ކަމަށްވާ ކަރާގެ، ކިލޯއެއްގެ އަގު ބާޒާރުގައި 30 ރުފިޔާއާ ހަމައަށް ދަށްވެއްޖެއެވެ.

ބާޒާރުގައި މިއަދު ކަރާ ކިލޯއެއްގެ އަގު އުޅެނީ 30 ރުފިޔާއަށެވެ. މީގެ ތިން ދުވަސް ކުރީން ކަރާކިލޯއެއް ލިބެނީ 35 ރުފިޔާއަށެވެ. 'ސަން'އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރާގެ އަގު ދަށްވީ، އިންޑިއާއިން ކަރާގެ ޝިޕްމެންޓެއް ރާއްޖެ ގެނައުމުންނެވެ.

މި ރޯދަމަސް ފެށުނުއިރު ބާޒާރުގައި ކަރާގެ އަގު ހުރީ، 20 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގައެވެ. ބާޒާރުގައި ކަރާ މަދުވެ، މި ރޯދަ މަހު ފުރަތަމަ ފަހަރަށް ރަތް ކަރާ ކިލޯއެއްގެ އަގު 30 ރުފިޔާއަށް އެރީ މި މަހުގެ ކުރީކޮޅުގައެވެ.

މައުޟޫޢުތަށް