ދޮޅު އަހަރު ފަހުން، މޯލްޑިވިއަނުން ބަންގްލަދޭޝްއަށް ކުރާ ދަތުރުތައް އަލުން ފަށައިފި
ސަން
12 މާރިޗު 2026 | ބުރާސްފަތި | 2:30
ދޮޅު އަހަރު ފަހުން، ބަންގްލަދޭޝްގެ ވެރިރަށް ދާކާއާއި ހުޅުލެއާ ދެމެދު ގައުމީ އެއާލައިން މޯލްޑިވިއަނުން ކުރާ ދަތުރުތައް އަލުން ފަށައިފިއެވެ.
ބަންގްލަދޭޝްއާއި ރާއްޖެއާ ދެމެދު މޯލްޑިވިއަނުން ކުރަމުން އައި ދަތުރުތައް ހުއްޓާލީ އޮގަސްޓް 2024ގައި، ބަންގްލަދޭޝްގެ އޭރުގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ 15 އަހަރުވީ ވެރިކަމުގައި އެ ގައުމުގެ އިގުތިސާދީ ހާލަތު ދަށްވުމާއި ކޮރަޕްޝަން އިތުރުވުމާ ގުޅިގެން ކުރި މުޒާހަރާތަކާއެކު، އެ ގައުމުގެ ސިޔާސީ މަސްރަހު ނުތަނަސްވުމާ ގުޅިގެން ހަމަނުޖެހުންތައް ހިނގައި ދިޔަ ދަނޑިވަޅެއްގައެވެ.
ނަމަވެސް މިއަދު މޯލްޑިވިއަނުން ވަނީ، ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ކުރާ ދަތުރުތައް އަލުން ފަށައިފައެވެ. އެ ދަތުރުތައް އަލުން ފެށީ މިއަދު ދާކާއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައި މޯލްޑިވިއަންގެ ފްލައިޓުންނެވެ.