ހަފުތާ ބަންދުން ފެށިގެން ވައި ސާފުވާން ފަށާނެ: މެޓް
ސަން
12 މާރިޗު 2026 | ބުރާސްފަތި | 2:57
މި ހަފުތާ ނިމޭއިރު މެދުރާއްޖެތެރެއާއި ދެކުނަށް ވައި ސާފުވާނެ ކަމަށާއި، ނަމަވެސް އުތުރުގެ ރަށްތަކަށް އަދިވެސް ވައި ނުސާފުވާނެ ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން މިއަދު ލަފާކޮށްފިއެވެ.
ވައި ސާފު މިންވަރު ދައްކައިދޭ އައިކިއުއެއާގައިވާ ގޮތުން، މިއަދު މާލޭގެ ވައިގެ ކޮލިޓީ އުޅެނީ 62ގައެވެ. މާނައަކީ ވައިގެ ކޮލިޓީ މިއަދު ހުރީ ރީނދޫ ސަމާލުގައި ކަމެވެ.
އައިކިއުއެއާއިން ދައްކާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހު މާލެ ސަރަހައްދަށް ވައި ސާފުވާނެއެވެ. ހަމަ އެހެންމެ އެންމެ ދެކުނުގައިވާ އައްޑޫ ސިޓީގެ ވައިވެސް ސާފުވާނެ ކަމަށް، އައިކިއުއެއާއިން ދައްކައެވެ.