މާޔޫސްވެގެން އައި ދަރިފުޅަށް މަންމަ ކޮށްދިން ދުއާއިން، އުމްރާ ދަތުރެއްގެ ނަސީބުވެރިޔަކަށް!
ސަން
12 މާރިޗު 2026 | ބުރާސްފަތި | 4:55
ގުނަމުން މި ދަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ މާތް ދުވަސްތަކެވެ. އަޅުކަމާއި ދުއާކުރުމަށް ވަގުތު ހުސްކޮށް، ހެޔޮކަން ލިބިގަތުމުގައި އެންމެން ވެސް ޚާއްސަވާ ޚާއްސަ 10 ދުވަހެވެ.
ދުއާ އިޖާބަކުރުމުގެ އުންމީދަކީ ކޮންމެ މުސްލިމެއްގެ ވެސް އުންމީދަށްވާއިރު މިއީ ދުއާގެ ބާރު ހާމަކޮށްދޭ ނަމޫނާ ހާދިސާއެކެވެ. ފޭސްބުކްގައި "އުންމު ފައިނޫޖް" ނަމަކަށް ކިޔާ މީހަކު ހިއްސާކޮށްފައިވާ މި ވާހަކައަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.
އޭނާ ފޭސްބުކްގައި ލިޔެފައިވާގޮތުގައި ރަށުގައި އޮތް އިޙްޔާ ފޯރަމަކަށް އޭނާގެ ފިރިހެން ދަރިފުޅު ދިޔައެވެ. އަގުހުރި އިނާމުތައް ގުރުއަތުން ހޮވޭ ނަސީބުވެރިންނަށް ކޮންމެ ފޯރަމަކުން ވެސް ދޫކުރާއިރު އެ ދަރިފުޅު ދިޔައީ ނަސީބުވެރިއަކަށް ހޮވި ހަދިޔާއެއް ލިބޭނެކަމުގެ އުންމީދާ ވެސް އެކުގައެވެ.