ޚަރަދުކުޑަކުރަން ރަށްރަށުގައި އީދުލައިޓު ނުދިއްލައި، މާލެއާއި ސިޓީތަކުގައި ދިއްލަން ނިންމައިފި
ސަން
12 މާރިޗު 2026 | ބުރާސްފަތި | 5:34
މެދިއިރުމަތީގައި މިހާރު އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން މިފަހަރުގެ ފިތުރު އީދުގެ ދިއްލުންތައް ރަށްރަށުގައި ނުދިއްލަން ސަރުކާރުން ނިންމައިފިއެވެ.
ހަނގުރާމައާ ގުޅިގެން އެކުލަވައިިލައިފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ހާމަކުރެއްވީ ކޮމިޓީ ޗެއާކުރައްވާ، ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލެވެ.
އެގޮތުން ޚަލީލް ވިދާޅުވީ، އީދަށް ބޮކިފަތި ދިއްލުމާ ބެހޭ ގޮތުން ކެބިނެޓުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ކެބިނެޓުން ނިންމީ ރަށްރަށުގައި އީދަށް ބޮކި ނުދިއްލައި، މާލޭ ހިމެނޭހެން ހުރިހާ ސިޓީތަކެއްގައި ދިއްލުން ދިއްލަން ކަމަށް ވިދާޅުވިއެވެ.