ރާއްޖެއަށް އެނބުރި ނާދެވިފައި 50 އުމްރާވެރިން އެބަތިބި، އެމީހުން ގެނައުމުގެ މަސައްކަތް ފަށައިފިން: ޝަހީމް
ސަން
12 މާރިޗު 2026 | ބުރާސްފަތި | 5:48
އުމްރާގެ އަޅުކަމަށްފަހު، ރާއްޖެއަށް ނާދެވިފައި 50 އުމްރާވެރިން އެބަތިބި ކަމަށާއި، މިހާރު އެމީހުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީލް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ހަނގުރާމައާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ މިވަގުތު 2،000އަށްވުރެ ގިނަ އުމްރާވެރިން އުމްރާއަށް ގޮސް އެބަތިބި ކަމަށެވެ. އަދި އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް ޝަހީމް ވިދާޅުވިއެވެ.
ނަމަވެސް މެދުއިރުމަތީގައި މިވަގުތު ހިނގަަމުންދާ ހަނގުރާމައިގެ ސަބަބުން އެކުވެރި އަރަބި ގައުމެއްގެ ފްލައިޓެއް ކެންސަލްވުމާ ގުޅިގެން 50ކަށް އުމްރާވެރިން އެނބުރި ރާއްޖެ ނާދެވިފައި އެބަތިބި ކަމަށް ޝަހީމް ވިދާޅުވިއެވެ.