ޚަރަދު ކުޑަކުރަން ޖެހިފައިވާއިރު، ފެންނަ ނުފެންނަ ވޯޓާ މެދު ދެވަނަ ވިސްނުމަކަށް ދާން ނަޝީދު ގޮވާލައްވައިފި
ސަން
12 މާރިޗު 2026 | ބުރާސްފަތި | 10:11
ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ އިގުތިސާދަށް ވެސް ނޭދެވޭ އަސަރުކުރަމުންދާތީ ރާއްޖޭން ވެސް ޚަރަދު ކުޑަކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމާ މެދު ދެވަނަ ވިސްނުމަކަށް ދާން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ސަރުކާރަށް ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލަން ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.
މީގެ ކުރިން މަޖިލީހުގެ ރައީސްކަމާއި ވެރިކަން ވެސް ކުރައްވާފައިވާ ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖޭން ތެޔޮ ހޯދަން އިންޑިއާގެ އެހީއަށް އެދުނު ވާހަކައަށް އަލިއަޅުވާލައި، ޚަރަދު ކުޑަކުރުމުގެ ވާހަކަ ވެސް ދައްކަވާފައެވެ. އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭން ބޭނުންޖެހުނު ކޮންމެ ވަގުތެއްގައި އިންޑިއާއިން އެހީގެ އަތް ދިއްކޮށްލާފައިވާ ކަމަށެވެ.