ފެންނަ ނުފެންނަ ވޯޓު ނަގަނީ ދައުރު ދަންމާލަން: ޝަމްހީދު

ސަން

12 މާރިޗު 2026 | ބުރާސްފަތި | 11:07

ސަރުކާރުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން އުޅެނީ ކަމުގެ ހަގީގަތް ވަރަށް ބޮޑަށް ރައްޔިތުންނަށް އޮޅުވާލައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު މިއަދު ތުހުމަތުކުރައްވައިފިއެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްކޮށްލަން ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެކަން ކުރަން ފެނޭތޯ ބަލަން އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ އެކު ފެންނަ ނުފެންނަ ވޯޓެއް ނަގަން މިހާރު ވަނީ ނިންމާފައެވެ.

އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމްގައި އެ ކަމާ ގުޅިގެން ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ، އެ ވޯޓު ނަގަން އުޅެނީ ވަރަށް ބޮޑަށް އޮޅުވާލައިގެން ކަމަށެވެ.

މައުޟޫޢުތަށް