ދިގުރަށުން 5 ބިދޭސީން މަރުވުން: އަލިފާން ރޯވީ ގޭސް ލީކުވެގެން
ސަން
13 މާރިޗު 2026 | ހުކުރު | 11:14
އދ. ދިގުރަށުގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގީ، ގޭސް ލީކުވެގެން ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.
ފުލުހުންނަށް އެ ހާދިސާ ރިޕޯޓުކުރީ، ރޭ ދަންވަރު 2:00 ހާއިރެވެ. މި ހާދިސާ ހިނގީ ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައެވެ.
އެ ހާދިސާގައި އަށް މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު، އޭގެތެރެއިން ފަސް މީހަކު ވަނީ މަރުވެފައެވެ. އަދި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އަވަސް ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ މާލެ ގެނެސްފައެވެ. ރޯވި އަލިފާން ގަނޑު މިހާރު ވަނީ ނިއްވާލާފައެވެ.